
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން "ނެކްސްޓްޖެން ލައިފް ސްކިލްސް ބޫޓްކޭމްޕް" ގެ ނަމުގައި ހާއްސަ ބޫޓްކޭމްޕެއް ބާއްވަން ނިންމައިފިއެވެ.
މި ޕްރޮގްރާމަކީ 18 އަހަރާއި 27 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިޔަށްދާނީ މި މަހުގެ 9، 10 އަދި 12 ވަނަ ދުވަހު މާލޭގެ ސޯޝަލް ސެންޓަރުގައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އަމިއްލަ ތަރައްގީއާއި، ޓީމްވޯކް އަދި މަޖާ އެކު ހަރަކާތްތަކުގެ ތަޖުރިބާ ލިބިގެންދާނެއެވެ.
މި ބޫޓްކޭމްޕުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހުޅުވާލާފައިވާއިރު މި ސެޝަންގައި ބައިވެރިވުމަށް 7925704އަށް ގުޅާލުމުން ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި ބައިވެރިންނަށް ކެއުމުގެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ބައެއް ހަރަކާތްތައް ވިލިމާލެ ބީޗުގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.