ބަނގުރާ ދަޅުތަކެއް ގެންގުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައިގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޓަކް ބަހާދުރު ރިލަމީ، ނޭޕާލް (34އ) އާއި ބަހާރު އުދީން، ބަންގުލަދޭޝް (34އ) އެވެ.

މި ދެ މީހުންނަކީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރޭ 22:00 އެހައިކަންހާއިރު ޕެޓްރޯލް ކުރަމުންދިޔައިރު، ރީތިގަސް މަގު ބުރިޖު ދަށުން ޑިންގީއަކުން ފޭބި ދެ މީހުންނެވެ. ފޮށިގަނޑެއް ހިފައިގެން ޑިންގީން މި ދެ މީހުން ފެބި ވަގުތު ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވެއެވެ. މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު 72 ދަޅު ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.