
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އިން ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ ހިތްފަސޭހަ މައިޒާން، "ފުއްޓަރު އުފާ" ގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.
އެ ކަމަނާ މި ހިތްފަސޭހަ މައިޒާނުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި ހއ. އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ރަށު އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވައި، އެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ބައްލަވައިލައްވާފައެވެ.