މާލެ ސިޓީކައުންސިލުން " އޮޅު ހިޔާ" މިނިސްޓްރީ އާ ހަވާލުކޮށްފި

"އޮޅު ހިޔާ" ފެސިލިޓީގެ ރަސްމީ ހުރިހާ ލިޔެކިއުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފަރ ގެ މަސައްކަތް ނިމުމަށް ފަހު، މާލެ ސިޓީ ކައުންސިލުން މި ވުޒާރާ އާއި އެ ފެސިލިޓީ ވަނީ މިއަދު ރަސްމީކޮށް ހަވާލު ކޮށްފަ އެވެ.

އޮޅު ހިޔާ ފެސިލިޓީ އަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ތައްޔާރުކުރި ފެސިލިޓީއެކެވެ.

މި ފެސިލިޓީ މި ވުޒާރާ އާއި މާލޭ ސިޓީ ކައުންސިލުން ހަވާލުކުރުމުގެ ރަސްމީ އެއްބަސްވުމުގައި މި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަލީ ޞަފްވާން އިބްރާހިމް އެވެ. އަދި މާލެ ސިޓީގެ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ސެކެޓްރީ ޖެނެރަލް އިބްރާހިމް ރަޝީދެވެ.

ޕެޓް ކެއަރ ފެސިލިޓީ ނުވަތަ އޮޅު ހިޔާ ތަރައްޤީ ކުރީ މި ވުޒާރާއިން މާލެ ސިޓީކައުންސިލާއި ހަވާލުކޮށްގެންނެވެ. ފެސިލިޓީ ތަރައްޤީކޮށް ރަސްމީކޮށް ހުޅުވިނަމަވެސް އެ ފެސިލިޓީގެ ޚިދުމަތް މިއަދާ ހަމައަށްވެސް ފެށިފައި ނުވަނީ، މިނިސްޓްރީން ދީފަައިވައި، ގައިޑްލައި އާއި އެއްގޮތަށް ވަސީލަތްތައް ކުރެވިފައި ނުވާތީއެވެ. އަދި  ވެޓްރިނަރީ ލައިސަންސް ލިބިފައިނުވުމާއި، ޑޮކްޓަރުންނާއި ނަރުހުން ވެސް ނަގާފައިނުވާތީކަން ފާހަގަކުރަމެވެ.

އޮޅުހިޔާ ފެސިލިޓީ މި ވުޒާރާ އާއި ހަވާލުކޮށްދިނުމަށް އެދި މި ވުޒާއިން މިދިޔަ ޑިސެންބަރގައި މާލެ ސިޓީކައުންސިލްގައި ވަނީ އެދިފައެވެ. އެެހެންނަމަވެސް އެ އިދާރާއިން އެދެވޭ ޖަވާބެއް ލިބިފައެއްނުވެއެވެ. މި މުއްދަތުގަައި ފެސިލިޓީގެ އެސެޓް ޓްރާންސްފަރ ހެދުމަށާއި، އިންވެންޓްރީ ލިސްޓް ދިނުމަށް މި ވުޒާރާއިން 3 ފަހަރެއްގެ މަތީން ސިޓީއިން އެދިފައިވެއެވެ. އަދި އެސެޓް ޓްރާންސްފަރ ހެދި، އިންވެންޓްރީ ހެދިފައިވަނީ މި ފެބްރުއަރީމަހުގެ މެދުތެރޭގައެވެ.

މިއަދު މި ވުޒާރާ އާއި އޮޅު ހިޔާ ހަވާލުކުރުމާއި ގުޅިގެން ވީ އެންމެ އަވަހަކަށް އެތަނުގެ ޚިދުމަތްތައް ފެށުމުގެ މަސައްކަތްތައް މިވުޒާރާ އިން ދަނީ ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.