ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލުކުރުމުގެ މަޝްވަރާ އަލުން ފަށައިފި

ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް ދަށަށް ބަދަލުކުރުމާ ގުޅޭ ގޮތުން، ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީޑީ) އާއެކު އަލުން މަޝްވަރާތައް ފަށައިފިއެވެ.

މިއީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ކުރެވޭ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން އެޗްޑީސީއާއެކު ބޭއްވުނު ހަތަރު ވަނަ މަޝްވަރާ ބައްދަލުވުމެވެ.

އާދިއްތަ ދުވަހު އެޗްޑީސީގައި ކުރިއަށް ދިޔަ މި މަޝްވަރާ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގައި ޤާނޫނީ އެއް ވެސް ހުރަހެއް ނެތް ކަމަށާއި މިކަންކޮޅެއްގައި ނުޖެހި ދިގު ދެމިގެންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި މިކަން މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުވުން ލަސް ވަމުން ދާދިއުމާ މެދު މޭޔާރ އާޒިމް ވަނީ ސުވާލު އުފައްދާފައެވެ.

އެޗްޑީސީގެ މިހާރުގެ އެމްޑީ މައުރޫފް ޖަމީލު ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރެވިދާނެ ކަމަށެވެ. އެގޮތުން އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ ބައެއްކަންކަން ހުރިކަމަށް ވެސް މަޢުރޫފް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމްގެ އިތުރުން މި ބައްދަލުވުމުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.