ފޮރިން މިނިސްޓަރ ޚަލީލު އޮމާނަށް ވަޑައިގެންފި

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އޮމާނަަށް ވަޑައިގެންފިއެވެ.

ޑރ؛ ޚަލީލިގެ މި ދަތުރުފުޅަކީ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ކޮންފަރެންސަކީ 60 ގައުމެއްގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ.

ފޮރިން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މިނިސްޓަރު ހަލީލް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ގައުމުތަކުގެ އިސްވެރިންނާ އެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރައްވައި، އެ ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާ ކުރާނެކަމަށް ވިދާޅުވެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.