ފެބުރުއަރީ އެކެއްގެ އަމުރަކީ އިސްލާހު ކުރުމަށް ލިބުނު ފުރުސަތެއް: އޭކޭ

ފެބުރުއަރީމަހު އެއްވަނަ ދުވަހު ސްޕްރީމްކޯޓުން ނެރުނު ހުކުމަކީ ރާއްޖޭގައި މިހާރު ދިމާވެފައިވާ ކަންކަން ހައްލުކޮށް އިސްލާހު ކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ކުރީގެ މިނިސްޓަރު އަދި ޖޭޕީގެ ކައުންސިލް މެންބަރު އަބްދުﷲ ކަމާލުއްދީން (އޭކޭ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެ އަމުރަށްފަހު އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާގެ އުސޫލުން ރީތިކޮށް ސަރުކާރުން ކަންކަން ކުރެއްވިނަމަ ގައުމުގެ ކަންކަން ވަރަށް ރަނގަޅަށް ދިޔައީސް ކަމަށެވެ. އަދި ހިތްހަމަޖެހޭ ކަންތައްތަކެއް ފެނިގެން ދިޔައިސް ކަމަށް ވިދާޅުވިއެވެ.

އޭކޭ ވިދާޅުވީ އީޔޫ ކައުސިލުން އިއްޔެ ނިންމެވި ނިންމެވުމަކީވެސް އެފަދަ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އަދިވެސް ސަރުކާރަށް ފުރުސަތު ނުގެއްލޭ ކަމަށާއި އެފުރުސަތުގެ ބޭނުން ކޮށްގެން އެންމެން ގުޅިގެން މަޝްވަރާކޮށްގެން ކަންކަން ހައްލުކޮށްފި ކަމަށްވާނަމަ ހީވެސް ނުކުރާވަރުގެ ހެޔޮގޮތްތައް ދިމާވާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަން ހައްލުކުރެވޭނީ ސަރުކާރުން ކަންކަން މާނަކުރައްވާގޮތް ބަދަލުކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރިޝްވަތާއި، ޓެރަރިޒަމްގެ މާނަ އާންމު ދިވެހިން މާނަކުރާ ގޮތަށް ސަރުކާރުން މާނަކޮށްގެންނޫނީ ކަންކަމަށް ހައްލެއްނެތް،" އަބްދުﷲ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.