ނަރުދޫގެ ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ށ. ނަރުދޫގެ ދަނޑުވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން، އެރަށު ކައުންސިލުން މި ވުޒާރާގެ އިސްވެރިންނާއި ބައްދަލުކޮށް މަޝްވަރާކުރައްވައިފިއެވެ.

ދާދި ފަހުން ކުރި ވިއްސާރައިގައި ނަރުދޫގެ ދަނޑުބިންތަކަށް، އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. ނަރުދޫ އަކީ ށ. އަތޮޅުގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއްރަށެވެ. އެރަށުގައި ތަރުކާރީ، މޭވާގެ އިތުރުން ފަތްކެޔޮވެސް ހައްދައެވެ.

މި ބައްދަލުވުމުގައި ށ. ނަރުދޫގެ ދަނޑުވެރިންނަށް، ދިމާވާ ދަތިތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން، އެދާއިރާއިން މީހުން ބިނާކުރުމަށް މި ވުޒާރާ އާއިގުޅިގެން ކުރެވެންހުރި ކަންކަމާއި ބެހޭގޮތުންވެށް ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މި ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިސްމާޢިލް އަޒްމީ އަދުނާނު އާއި. ސްޓޭޓް މިނިސްޓަރ ޢަލީ ޞަފްވާން އިބްރާހިމް އެވެ. ނަރުދޫ ކައުންސިލްގެ ފަރާތުން އެކައުންސިލްގެ ކައުންސިލަރުންނާއި އިދާރީ ބޭފުޅުން ބައިވެރިވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.