![Haftha res](https://aafathis.mv/wp-content/uploads/2025/02/Screenshot-2025-02-13-105100-678x381.png)
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ "ހަފްތާރެސް" ޕްރޮގްރާމް އދ އަތޮޅުގައި ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އދ.ގެ ހުރިހާ ރަށަކުން ވެސް މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ. ހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މި މިނިސްޓްރީ އާއި އެން.ސީ.ޓީ.ސީ ގުޅިގެން މިއަހަރު ހިންގި " ހަފުތާރެސް" ގެ ފުރަތަމަ ޕްރޮގްރާމެވެ.
މިދިޔަ އަހަރު "ހަފްތާ ރެސް"ގެ ތިން ޕްރޮގުރާމެއް ވަނީ ބާއްވާފައެވެ.
މިގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވަނީ އައްޑޫ ސިޓީގައެވެ. ދެވަނަ ޕްރޮގުރާމު ބާއްވާފައިވަނީ ހދ އަތޮޅުގައެވެ. އަދި ތިން ވަނަ ޕްރޮގުރާމު ބާއްވާފައިވަނީ ގދގައެވެ.