މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ނިޔާވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު މާޖިދު ނިޔާވެއްޖެއެވެ.

 އުމުރުން އެންމެ 11 ވަރަކަށް އަހަރުގައި 1977، ގައި މިއުޒިކްގެ ތެރެއަށް ވަތް މުހައްމަދުގެ ނަމަކީ ރާއްޖޭގެ މިއުޒިކްގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭ ނަމެކެވެ. އަދި އޭނާގެ އަޑަކީ ދިވެހި އެތައް ހިތެއްގައި އުމުރަށް ރައްކާ ކުރާނެ ފަދަ ހިތްގައިމު އަޑެކެވެ.

ކްލަބް ކޯބްރާސްއިން މިއުޒިކުގެ ދުނިޔެއަށް ނުކުތް މުހައްމަދު ދިވެހި މިއުޒިކީ ޖައްވުގައި ފިޔަޖަހަން ފެށީ އޭނާގެ އަމިއްލަ މިއުޒިކް ބޭންޑު، މެޒޯ އުފެއްދުމަށްފަހު އެވެ.

އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޖިސްމު ނެތިގެން ގޮސް ހަފުސް" އަދި އުޑުންތަރިތައް" ފަދަ  އެތައް ލަވައެއް ހިމެނެ އެވެ.

 މެޒޯ މުހައްމަދުގެ މެޒޯ ބޭންޑަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުގައި ވެސް ހުނަރު ދައްކާލައި އެތައް ބައެއްގެ ހިތްތައް ކަތިލާފައި ބޭންޑެކެވެ. އެގޮތުން އައިޓީބީ ބާލިން ޓޫރިޒަމް ފެއާގަ އާއި ބީއައިޓީ މިލާން ޓޫރިޒަމް ފެއާގެ އަދި ސައުތު އެފްރިކާ އާއި ސީޝްލްސް އާއި އިންޑިއާގައި އެ ބޭންޑު ވަނީ ރާއްޖެ ތަމްސީލު ކޮށްދީފައެވެ.

އޭގެއިތުރުން މަޝްހޫރު ޓީވީ ޗެނަލް، އެމްޓީވީގައި އެންމެ ފުރަތަމަ ދިވެހި ލަވައަކަށް ދެއްކީ ވެސް މެޒޯ ބޭންޑުގެ "ވިސްނާ ވިސްނާ" ލަވަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.