އިފާޑްގެ ގަވަރނިންގ ކައުންސިލް މީޓިންގގައި ބައިވެރިވެވަޑައިނެވުމަށް ޑރ. މާރިޔާ އިޓަލީއަށް ފުރާވަޑައިގެންފި

އިންޓަރނޭޝަނަލް ފަންޑު ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް(އިފާޑް) ގެ 48 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގ ގައި ބައިވެރިވެވަޑައިނެވުމަށް ވަޒީރު ޑރ. މަރްޔަމް މާރިޔާ އިޓަލީއަށް މިއަދު ފުރާވަޑައިނަވައިފިއެވެ.

މި މަހުގެ 12 ން 13 ށް، އިޓަލީގެ ރޯމްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ، މި ބައްދަލުވުމަކީ ޚާއްސަކޮށް ޖަޒީރާ ޤައުމުތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އުސޫލުތައްކަށް ގެނެވިދާނެ ހެޔޮ ބަދަލުތަކާއި ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން، ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި، ސްޓޭޓުންގެ އިތުރުން ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބައިވެރިވެވަޑައިނަވާ، ތަޖްރިބާ ހިއްސާކުރުމާއި، މަޝްވަރާތައް ކުރިޔަށް ގެންދެވޭނެއެވެ.

މިފަދަ ބައްދަލުވުންތަކުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި، އިރުުޝާދުގެ އަލީގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވާ، ހަރުދަނާ ކުރުމަށް އެހީއަކަށް ވެގެންދާނެކަމާއިމެދު ޝައްކެއްނެތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.