ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގައި، މީހަކަށް އަނިޔާވެއްޖެ

ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގައި، މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއީ މާލޭގައި ކެފޭއެއްގެ ބަދިގޭގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ކަމަށެވެ. އަދި މި މައްސަލައިގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12:10 ގައި ކަމަށެވެ.

މާލޭގެ މާވެޔޮ މަގުގައި ހުންނަ ''ތާސީރު'' ކެފޭގެ ބަދިގޭގައި ހިނގި މި މާރާމާރީގައި ބިދޭސީއަކު ޒަޚަމް ކޮށްލާފައިވާއިރު، އޭނާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމާރާމާރީ ހިނގާފައި ވަނީ ބަންގްލަދޭޝް މީހަކާއި ނޭޕާލު މީހެއްގެ ދެމެދުގައި ކަމަށެވެ. އަދި  ތޫނުއެއްޗަކުން ހަމަލާދީފައިވަނީ ބަންގްލަދޭޝް މީހާއަށް ކަމަށެވެ. އޭނާ ދިން ހަމަލާގެ ސަބަބުން ނޭޕާލުވީ މީހާ ވަނީ ޒަޚަމްކޮށްލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.