ވަޖީހު، އެމްޕީއެލްގެ ސީއީއޯގެ މަގާމުން ވަކިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހީމް މަގާމުން ވަކިކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ވަނީ އޭނާ ކުންފުނީގެ އެމްޑީގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން ވަކިކޮށްފައި ވާކަމަށެވެ. ނަމަވެސްއިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ވަޖީހު އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރީ 2023ވަނަ އަހަރުގެ ނޮވެމްބަރު 28ގައެވެ.

މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އިބްރާހީމް ފައިސަލް ވެސް މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުން ވަނީ ވަކި ސަބަބެއް ނާންގާ ވަކިކޮށްފައެވެ. ފައިސަލް އަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.