ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއެކު ޝާހިދުގެ ފާޑުކިޔުން ސަރުކާރަށް

ޖުމްހޫރީދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ފޮނުއްވައިފިއެވެ.

ޝާހިދު ކުރައްވާފައިވާ ޓްވީޓެއްގައި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއެކު ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.

އެގޮތުން ރިޔާސީ ނިޒާމު ނުވަތަ ސީދާ ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ނިޒާމެއް ދިވެހި ރައްޔިތުން ބަލައިގަތީ މަތިވެރި އުއްމީދެއްގައި ކަމަށާއި މާޒީގައި ދިވެހީން ކުރި ތަޖުރިބާގެ އަލީގައި ހައްދެއްނެތި ބާރުތައްލިބިފައިވާ ޚުދްމުޚްތާރު ވެރިކަމުގެ ނިޒާމަށް ނޫނެކޭ ބުނު މަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޝާހިދު ވަނީ މިއަދު ޢަމަލުކުރަމުން މިދާ ޤާނޫނުއަސާސީގެ ފުރަތަމަ ބާބުގެ 4 ވަނަ މާއްދާގައި ވެރިކަމުގެ ބާރުތައް ވުޖޫދުވެގެން އަންނަ ގޮތް އެހާމެ ސާފުކޮށް ބަޔާން ކޮށްފައި އެވަނީ މިދެންނެވި ތަޖުރިބާގެ އަލީގައި ކަމަށް ވިދފާޅުވިއެވެ.

"ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ." ސާފު ސާދާ ޢިބާރާތުން ބުނެފައި އެވަނީ ދިވެހި ރައްޔިތުން ޚުދުމުޚްތާރު ވެރިކަމަކަށް ޖާގަ ނުދޭނެ ކަން. ކަމުގައި ޝާހިދު ވިދާޅުވިއެވެ.

އެހެނަސް ހިތާމަޔަކީ ޤާނޫނު އަސާސީގެ ރޫޙާއި, ބަޔާން ކޮށްފައިވާ އެންމެހާ ހަމަތަކާއި އަސާސްތަކާއި ޚިލާފަށް, ވެރިކަމުގެ ބާރުތައް ޖަމާކޮށް ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުންދާތަން ފެންނަމުންދާކަން ކަމުގައި ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި މަގަށް ރާއްޖެ ދިޔަ ނުދިނުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޤައުމީ ވާޖިބެއް ކަމަށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.