ފެނަކައިން 4 މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި

ފެނަކައިން ވަނީ 4 މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

މިގޮތުން ށ.މާއުނގޫދޫގެ އޮފީސް އިމާރާތުގެ މަސައްކަތާއި، ހއ.ދިއްދޫ، ޏ.ފުވައްމުލަށް އަދި ހދ.ކުޅުދުއްފުށީގައި އިމާރާތްކުރަމުން ގެންދާާ އިންޖީނު ގެތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ.

އިންހައުސްކޮށް ނުވަތަ (ފެނަކައިގެ މުވައްޒަފުން) ބޭނުންކޮށްގެން ތަކެތި ކުއްޔަށް ނަގައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތްތައް ކުރުމުން ބޮޑުތަނުން ޚަރަދު ކުޑަވެފައި ލުއިފަސޭހަވެގެންދާނެއެވެ. ފެނަކައިން ބަޔަކާއި ހަވާލުކޮށްގެން ހިންގުމައް އިއުލާނުކުރި 4 މަޝްރޫއަކީ ވެސް މިދިޔަ މެނޭޖްމަންޓުން އިންހައުސްކޮށް ނުވަތަ (ފެނަކައިގެ މުވައްޒަފުން) ބޭނުންކޮށްގެން ކުރިއަށް ގެންދަމުންދިޔަ ހަތަރު ޕްރޮޖެކްޓެވެ.

އެހެންނަމަވެސް އެކަން ކޮށްފައިވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ނުއަގުގައެވެ.

ފެނަކަ އަކީ ރައްޔިތުންނަށް އަސާސީ ޙިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏަކަށްވާއިރު، އެ ކުންފުނީގެ މެނޭޖްމަންޓުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަދި ރައްޔިތުންނަށް އެދެވޭ ޙިދުމަތެއް ދެވޭ ކުންފުންޏަކަށް، ފެނަކަ ވެގެންދިއުމަށް ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން އަބަދުވެސް ފާހަގަކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.