އައްޑޫ ޓާޝަރީ ހޮސްޕިޓަލް އިމާރާތްކޮށް ނިމިއްޖެ

އައްޑޫސިޓީގައި ސަރުކާރުން ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މައި އިމާރާތުގެ މަސައްކަތް ނިމިއްޖެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރީގެ އީސީސީ ގައި ތަރައްގީ ކުރަމުންދާ ހޮސްޕިޓަލާ ބެހޭގޮތުން މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހޮސްޕިޓަލުގެ މައި އިމާރާތާއި، އިދާރީ މަސައްކަތްކުރާ ބައި އެއްކޮށް ނިމިފައިވާ ކަމަށެވެ.

ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ނިމުމުން މިހާރު ކުރިއަށްދަނީ މެޑިކަލްއާއި، އިލެކްޓްރޯނިކަލް މަސައްކަތްތައް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އޭގެ އެތެރޭގެ ފިނިޝިން މަސައްކަތްވެސް ކުރަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މި ހޮސްޕިޓަލް ނިމޭއިރު ލިބެން ހުންނަ ޚިދުމަތްތަކުގެ އިތުރަށް އެހާ ރީތިވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ދެ ބުރިއަށް ހަދާ މި ހޮސްޕޮޓަލުގައި އެންމެ ޒަމާނީ ވާސީލަތްތަކާއެކު ފަރުވާ ލިބެން ހުންނާނެއެވެ. އެތަނުގައި 3 އޮޕަރޭޝަން ތިއޭޓަރާއި، ތަފާތު ވައްޔަރުގެ އެކްސްރޭއާއި، ސްކޭންގެ އިތުރަށް އެހެން ބައިވެރު ޚިދުމަތް ލިބެން ހުންނާނެއެވެ.

ހޮސްޕިޓަލުގެ މަސައްކަތް ނިންމައި މިއަހަރު ޖުލައިގެ ނިޔަލަށް ހުޅުވުމަށްވަނީ ތާވަލް ކޮށްފައި ކަމަށްވެސް މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އީސީސީ ގައި ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެލިއާ ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 161.8 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް އެލިއާއާ ހަވާލު ކުރެއްވީ 2016 ވަނަ އަހަރު ނޮވެމްބަރުމަހު 14 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.