
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިހެން ދެ ފުލުހަކު މިރޭ ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ތަރުޖަމާނު ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ "ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ ފުލުހަކު މިރޭވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި،" ކަމަށެވެ. އެހެންނަމަވެސް އެކަމާ ބެހޭ އިތުރު މައުލޫމާތު ދެވެން ނެތްކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
އެ ދެ ފުލުހުންގެ ތެރެއިން އެކަކީ އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފެވެ. އާނާ ހައްޔަރު ކޮށްފައިވަނީ މިމަހު އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ސިޔާސީ މީހުންނާ ގުޅިގެން ފުލުހުންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ލަމަށް ބައެއް މީޑިއަމްތަކުން ވަނީ ބުނެފައެވެ.