އައްޑޫ ސިޓީގައި ކުނި އުކާލަން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީގައި ކުނި އުކާލަން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މިއީ އައްޑޫ ސިޓީ ފޭދޫގައި ހިނގި ހާދިސާއެއް ކަމަށެވެ. އޭނާ މިއަދު ހެނދުނު ކުނި އުކާލަން ދިޔަފަހުން ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެއީ ބިދޭސީ އެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މިއަދު ހެނދުނު 09:40 ކަންހާއިރު އޭނާ މޫދުގައި އޮއްވާ ފެނިފައިވާ ކަމަށާއި އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެއީ ފިރިހެނެއް ކަމަށާއި އެ ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.