ދިވެހި ގައުމީ ޓީމުގެ ޑިފެންޑަރު އާރިފް ނިޔާވެއްޖެ

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވެއްޖެއެވެ.

އޭނާ ނޮޔާވީ އޭޑީކޭ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދުއެވެ. ރެއިންފެށިގެން ބަކާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބަކާގެ ހާލު ކުއްލިއަކަށް ގޯސްވީ ވަރަށް ބޮޑަށް ހުންއައިސް ނޭވާލާން ދަތިވެ ވަރުދެރަވެގެންނެވެ.

މިފަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު ބަކާ މާލެ އައިސްފައިވަނީ މީގެ ދެދުވަހެއް ކުރިންނެވެ. އޭނާ ޙައްޖަށް ގޮސްފައިވަނީ ސަޢޫދީ ރަސްގެފާނުގެ ދަޢުވަތަށް ސަޢޫދީ އެމްބަސީން ޙައްޖަށް ފޮނުވާ މީހުންގެ ގުރޫޕްގައި ހިމެނިގެންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކުރެވޭ ބަކާ ވަނީ ސާފް ޗެމްޕިއަންޝިޕް 2008 ގައި ރާއްޖެއަށް ހޯދައިދިން ޓީމުގައި ހިމެނި މުހިންމު ދައުރެއް އަދާކޮށްފައިކަން ފާހަގަ ކުރެވެއެވެ. އޭނާއަކީ މިޑްފީލްޑަށް ކުޅުނު މޮޅު ކުޅުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.