ފްރާންސްގެ ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގައި ފެތުމުގެ ކުޅިވަރުން ދިވެހިރާއްޖެ ތަމްޞީލުކުރާނީ މުޙައްމަދު އާން ޙުސައިން އަދި ޢާއިޝަތު ޢުލްޔާ ޝާއިޤް އެވެ.
ފެތުމުގެ ކުޅިވަރުން އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެއަށް ލިބިފައިވާ މި 2 ފުރުޞަތަކީ ޔުނިވަރސިލިޓީ ޕްލޭސަސްގެ ދެފުރުޞަތެވެ. އޮލިމްޕިކް ގޭމްސްއަށް ދާނެ ދިވެހި 2 ފެތުންތެރިން ކަނޑައެޅުނީ ވޯލްޑް އެކުއަޓިކްސްއިން ކަނޑައަޅާފައިވާ ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޕޮއިންޓް ލިބިގެންނެވެ.
އޮލިމްޕިކްސް ވާދަކުރާނެ ފެތުންތެރިން ކަނޑައަޅުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ ވޯލްޑް އެކުއަޓިކްސް އިންނެވެ.