
ފާއިތުވި 4 އަހަރަށް ބަލާއިރު ރާއްޖޭގައި ކުށްކުރުމުގެ އިންސައްތަވަނީ ފާއިތުރު 9 އަހަރާ އަޅައިބަލާއިރު 35 އިންސައްތައަށް ދަށްކުރެވިފައި ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު މިރޭ ވިދާޅުވީ ރާއްޖޭގެ ކުށުގެ ވެށީގެ ހާލަތު ދެނެގަތުމަށްޓަކައި، އެ ދާއިރާއިން ހޯދާފައިހުރި ވޭތުވެދިޔަ 9 އަހަރުގެ ތަފާސްހިސާބު މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެއްކުރެވިފައި ކަމަށެވެ.
އެމައުލޫމާތު އެއްކުރުމަށްފަހު މިހާރުވަނީ ދިރާސާ ރިޕޯޓެއް އެކުލަވާލައްވައިފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. "މި ދިރާސާގެ ނިންމުންތަކަށް ބަލާއިރު، ރާއްޖޭގައި ކުށުގެ ހާދިސާތައް މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި 35 ޕަސެންޓަށް ވަނީ ދަށްކުރެވިފައި،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ ރާއްޖޭގައި ކުށްމަދު ކުރުމަށާއި އަމާން އޮމާން ސުލްހަވެރި ތަނެއްގެ ގޮތުގައި ރާއްޖެ ބޭއްވުން ކަމަށް ސަރުކާރުން އަބަދުވެސް ވިދާޅުވަމުން ގެންދަވައެވެ. ފާއިތުރި 4 އަހަރުތެރޭގައި ކުށުގެ ހާދިސާތައް މަދުވެފައިވުމަކީ ސަރުކާރުގެ އެމަސައްކަތުގެ ނަތީޖާ އެވެ.