ހަ ރަށެއްގެ ކުނި މެނޭޖުކުރާ ސަރަހައްދަށް ކަރަންޓުލާން ހަވާލުކޮށްފި

ރާއްޖޭގެ 6 ރަށެއްގެ ކުނިމެނޭޖުކުރާ ސަރަހައްދަށް ކަރަންޓު ފޯރުކޮދިނުމަށް ފެނަކަ ކޯޕަރޭޝަނާ ސަރުކާރުން ހަވާލުކޮށްފިއެވެ.

ކަރަންޓު ލާން ފެނަކައާ ހަވާލުކުރި ރަށްރަށްރަށަކީ، ފުވައްމުލައް ސިޓީ، ގއ. މާމެންދޫ، ގއ. ކޮނޑޭ، ލ. ގަން، ދ. ކުޑަހުވަދޫ އަދި ށ. މިލަންދޫ އެއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 2,211,174.48 ރުފިޔާއެވެ. މި މަޝްރޫއަށް ޚަރަދު ކުރަނީ ސަރުކާރު ޕީއެސްއައިޕީ ބަޖެޓުންނެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 120 ދުވަހެއެވެ.

މި މަސައްކަތް ފެނަކައާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައިފައިވަނީ ތިމާވެއްޓާބެހޭ މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި ފެނަކަ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމެވެ.

ކުނީގެ މައްސަލައަކީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެބޮޑު އެއްމައްސަލައެވެ. އެމައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުން ގެންދަވަނީ އެކަމަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.