
ެބްރުއަރީ މަހުގެ ފ5ވަނަ ދުވަހު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދުގެ އިރާކޮޅަށް ހަމަވާނެ ކަމަށާއި އަދި ދިވެހި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަލުން އިތުރު ކުރައްވާން ނޫޅުއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާގެ މިނސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރސް އިން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އަލުން އިތުރު ނުކޮށް ސިޔާސީ މަސައްކަތް ވަގުތުން ފެށޭންވާނެ ކަމަށެވެ.
ކުއްލި ހާލަތު އުވައިލައި ޖުޑީޝަރީ އާއި އެހެނިހެން ޑިމޮކްރެޓިކް މުއައްސަސާތައް މުސްތަގިއްލު ކަމާއެކު ދެފުށް ފެންނަ ގޮތަށް ގާނޫނީ އިމުގެ ތެރެއިން މަސައކަތް ކުރުމުގެ ފުރަސަތު ދޭންވާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު ސްޕރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރަން ޖެހޭނެ ކަމަށް ވެސް މި ބަޔާނުގައި ވެއެވެ.
ދިވެހި ރައްޔިތުންނާއި ބައިނަލް އަގްވާމީ ޖަމާއަތްތަކުގެ ކަންބޮޑުވުންތަކަށް އިހްތިރާމް ކޮށް ޑިމޮކްރެސީ އާއި ގާނޫނީ އިމުގެ ތެރެއަށް ވީހައިވެސް އަވަހަށް ރުޖޫއަ ވުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކުއްލި ހާލަތު އުވާލަން ތިޔަ ހޭރެނީ. މީކީއެއް އިންޑިޔާގެ އަވަށެއް ނޫން ބުނދުގެ އަހުލުވެރިޔާ
ރަށުތެތެއިން ގެރިޔަކަން އައިޑީ އެއް ހެދޭތޯ ބަލާ