ސަލްމާން ޚާން މި ވަގުތު އުޅެނީ ވަރަށް އަވަދި ނެތި ރޭސް 3 ގެ ޝޫޓިންގައެވެ. ޖެކްލިން ފެނާންޑޭޒް އާއި އަނިލް ކަޕޫރް އާއި ބޮބީ ޑިއޯލް ވެސް ރޭސް 3 ގައި ބައިވެރިވެއެވެ. ރޭސް 3 ގެ ޓީމު މިވަގުތު ވީ ފިލްމުގެ ދެވަނަ ޝެޑިއުލް ނިންމުމަށް ބެންކޮކް ގައެވެ.
ރޭސް 3 ގެ ޝޫޓިން ނިންމުމަށްފަހު ސަލްމާން އަލީ އައްބާސް ޒަފަރް ގެ ބާރާތް ގެ ޝޫޓިން ފެށާނެއެވެ. 'ބާރާތް' އަކީ ޕީރިއަޑް ޑްރާމާ އެކެވެ. ޕީރިއަޑް ޑްރާމާ އަކީ ތާރީޚީ ދުވަސްވަރަކަށް ބިނާކޮށް ހަދާ ޑްރާމާ ތަކެވެ. އެފަދަ ޑްރާމާ ތަކުން ފެންނާނީ އެދުވަސްވަރެއްގެ ދިރިއުޅުމާއި ކޮސްޓިއުމެވެ. ބާރާތް ގައި ސަލްމާން ފަސް ދުވަސްވަރަކުން ފެނިގެން ދާނެއެވެ. އެއީ 1940 އިން ފެށިގެން ސަލްމާން ޚާން ގެ މެއިނޭ ޕިޔާރް ކިޔާގެ ދުވަސްވަރާ ހަމައަށެވެ. އަލީ އައްބާސް ޒަފަރް ދަނީ މީސްމީޑިއާ މެދުވެރިކޮށް ފިލްމުގެ އަދާހަމަތައް ހިއްސާ ކުރަމުންނެވެ.
ބާރާތް ގެ ޝޫޓިން ކުރިއަށް ދާ އިރު ދަސް ކާ ދަމް ގެ ޝޫޓިން ވެސް ކުރިއަށް ދާނެއެވެ.
އިންޑިއާގެ ޓެބްލޮއިޑް ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާރާތް ގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނި ސްޕެއިން އާއި ޕޯޗުގަލް އާއި މޯލްޓާ ގައެވެ. އަދި 1947 އިން 2010 ގެ އަސަރު ފިލްމަށް ގެނައުމަށްޓަކައި ތަޖްރިބާކާރުންނާ އެކު މިހާރު ދަނީ ދިރާސާތައް ކުރަމުންނެވެ. ޕަންޖާބާއި ދިއްލީ އާއި އަބޫ ދާބީ ގައި ވެސް ފިލްމުގެ ބައެއް މަންޒަރުތައް ނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ބާރާތް އަކީ ކޮރެއާގެ ޑްރާމާ އެއް ކަމުގައިވާ 'އޯޑް ޓު މައި ފާދަރ' ގެ ރީމޭކިން އެކެވެ. ފިލްމު ޕްރޮޑިއުސްކުރަނީ ބޫޝަން ކުމާރް އާއި އަތުލް އަގްނިހޯތްރީ އެވެ. އަތުލް އަކީ ސަލްމާންގެ ޅިޔަނެކެވެ.