ފިތުރު އީދު ފާހަގަކުރުމަށް ހަވާ އަރުވައިފި

ފޮޓޯ: ދަ ޕްރެސް

މިއަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް ހަވާ އަރުވައިފިއެވެ.

މިރޭ 10:00 ގައި މި ހަރަކާތް ބާއްވާފައިވަނީ އާޓިފިޝަލް ބީޗުގައެެވެ. މި މިހަރަކާތް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ.

ބަރަކާތްތެރި ފިތުރު އީދާއި ގުޅިގެން ބޭއްވި ހަވާ އެރުވުން ގާތްގަޑަކަށް މިނެޓެއް ވަންދެން ކުރިއަށް ގެންދިޔައެވެ.

ރާއްޖޭގައި ތަފާތު އެކި މުނާސަބާތައް ފާހަގަކުރުމަށް ހަވާ އަރުވަމުން ގެންދާއިރު، މިއީ ގިނަ ބައެއްގެ ތަރުހީބު ވެސް ލިބޭ ހަރަކާތެކެވެ.

ހަވާ މަންޒަރު ފޮޓޯ ނަގައި، ވީޑިއޯކޮށް އަދި ސެލްފީ އާއެކު ފޮޓޯއާާއި ވީޑިއޯ ނަގައި، ސޯޝަލް މީޑިއާގައި ދަނީ ޕޯސްޓުކުރަމުންނެވެ.

އެންމެ ފަހުން އެންމެ ދިގުކޮށް (10 މިނެޓް) އަށް ހަވާ އަރުވާފައި ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދިވެހި އެތުލީޓުން ބައިވެރިވެ ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ.

އައިއޯޖީގެ އިވެންޓުގައި ރާއްޖޭގެ އެތްލީޓުން ރަނގަޅު ކާމިޔާއެއް ހޯދާފައި ވާ އިރު އެ އުފަލުގައި ދިވެހިން ވަނީ ބައިވެރިވެފައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި އެކި އެކި މުނާސަބަތުތަކާ ދިމާކޮށް އެމްއެންޑީއެފް އިން ހަވާ އަރުވާފައި ވެއެވެ.

ހަވާ އެރުވުމުގެ އިތުރުން މިއަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވަފައެވެ.

އެގޮތުން އީދު ނަމާދަށްފަހު، އީދު ސައި އަދި ފެންކުޅުން ހިމެނެއެެވެ. އަދި މާލި ޕެރޭޑު ހަވީރު ބޭއްވިއިރު، ރޭގަނޑު ވަނީ ސްޓޭޖު ޝޯވއެއް ވެސް ބާއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.