ގޮވާމުން ފިތުރު ޒަކާތް ބަަލައިގަންނަން ފަށައިފި

ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރުޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތަތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އަދި އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށެވެ.

ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ވަނީ ނިންމާފައެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަނީ، އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަށް ފުށް އަދި އާޓާ ފުށެވެ. އެގޮތުން ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލް ހޯލުގައި ކަމަށާއި ފިތުރު ޒަކާތް ދައްކަން ދާއިރު ބޭނުންކުރާނީ އަމީނިއްޔާ ސްކޫލްގެ ލިލީ މަގު ގޭޓު ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.