
ދިހަ ރުފިޔާ
ވަރަށް ދަހި މީހަކުގެ އަތުން ދިހަ ރުފިޔާ ގެއްލިއްޖެއެވެ. އޭނާ ހާސްވެގެން ތަންތަން ހޯދައި ބަލަން ފަށައިފިއެވެ. ގަމީހު ޖީބާއި ފަޓުލޫނުގެ ޖީބުވެސް ވަރަށް ރަނގަޅަށް ބަލައިފިއެވެ. އެކަމަކު ގަމީހުގައި ހުންނަ ކުޑަ ޖީބެއް ނުބަލައެވެ. އޭނާގެ އަނބިމީހާއަށް މިކަން ފާހަގަ ކުރެވިގެން އަހައިފިއެވެ. "ކަލޭގެ ކޮންމެ ގަމީހެއްގައި ކުޑަ ޖީބެއް ހުރުން މަޖުބޫރެއް ނޫން ހެއްޔެވެ؟ ތިޔަ ގަމީހުގައިވެސް އެބަހުއްޓެވެ. އެ ޖީބުގައި ދިހަ ރުފިޔާ އޮތްތޯ ނުބަލައިގެން ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ؟"
ދަހިމީހާ ބުންޏެވެ. "ކަލޭ ތިޔައީ މޮޔައެއް ހެއްޔެވެ؟ ނުބަލައި ހުރީ އެ ޖީބު އެކަންޏެވެ. އެ ޖީބު ބަލާއިރު ނެތިއްޔާ އަހަރަންގެ ހިތް ހުއްޓޭނެކަން ކަލެއަށް ހަމަ ނޭނގެނީ ހެއްޔެވެ؟"
ފައިގައި ނުހިފާ!
ދެ މީހަކު ބަނޑުމުސާރައަށް ބައްދަނީއެވެ. އެކަކު އަނެކަކު ބަލިކޮށްލަން ގަދައަޅައި މަސައްކަތް ކުރަނީއެވެ. ދެމީހުންމެ ތިބީ ވަރަށް ބޮޑަށް ރުޅިވެސް އައިސްފައެވެ.
ތެޅުންގަނޑު އެންމެ ހޫނުވެގެން ދިޔަ ވަގުތު ރެފްރީ ހަޅޭއް ލަވައިގެންފިއެވެ. "އޭތް ފައިގައި ހިފައި ނާނބުރާ. ފައިގައި ހިފައި ނާނބުރާ."
ބައްދާ މީހާ ބުންޏެވެ. "ކަލޭ ތިޔަހެން ހަޅޭއް ލެވިޔަކަސް މި ފަހަރަކު ދޫކޮށެއް ނުލާނަން. ފައި ބިންދާލާފައި ނޫނީ ހުއްޓައެއް ނުލާނަން.]
ރެފްރީ ކަންބޮޑުވެފައި ބުންޏެވެ. "ބަލަގަ މޮޔަޔާ. ތިޔަ ހިފައި އަނބުރަނީ ކަލޭގެ އަމިއްލަ ފައިގައޭ!"