
ފާއިތުވި ދެދުވަހުކުރި މުޒާހަރާތަކާ ގުޅިގެން ފުލުހުންގެ ބެއްލުމުގެ ދަށަށް ގެނައި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރުތިބީ 6 މީހުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ މުޒާހަރާގައި ފުލުހުގެ ބެލުމުގެދަށް އެއަތައް ބަޔަކު ގެންގޮސް ހައްޔަރުކޮށްފައިވާ ކަމަށް ދެކެވެނީ ދޮގުވާހަކައެއް ކަމަށެވެ. ފުލުހުންގެ ހައްޔަރުގައި މިވަގުތު 6 މީހުން ތިއްބަސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖުމްލަ މީހުންގެ އަދަދެއް ހާމައެއް ނުކުރެއެވެ. މުޒާހަރާއަށްފަހުވެސް އެއަދަދު ހޯދަން ނޫސްތަކުން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ފުލުހުން އެ މައުލޫމާތު ހާމައެއް ނުކުރިއެވެ.
ސްޕްރީމްކޯޓުން މިމަހު ފުރަތަމަދުވަހު ކުރި ހުކުމް ތަންފީޒުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވައިލާ މުޒާހަރާތައް މާލެއާއި ބައެއް ރަށްރަށުގައި ދަނީ ކުރަމުންނެވެ.