ފެނަކައިން ޕޮލީޓެކްނިކާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި

ފެނަކަ ކޯޕަރޭޝަނުން މޯލްޑިވްސް ޕޮލީޓެކްނިކާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ފެނަކަ ހެދް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒޫޝާން  ކަމާލުއްދީންއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީއެވެ.

މިއަދު ޕޮލިޓެކްނިކް އާއި ދެމެދު ސޮއިކުރެވުނު އެމްއޯޔޫއަކީ މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީން ކުރުމާއި، ފެނާއި ނަރުދަމާގެ ޤާނޫނައި، ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާއި ބެހޭ ޤަވާއިދަށް އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުން އެއްހަމަކުރުމަށް ސޮއި ކުރެވުނު އެއްބަސްވުމެކެވެ. އަދި ޕޮލިޓެކްނިކްގެ ދަސްވާރުންނަށް " އިންޑަސްޓިރިއަލް އެކްސްޕީރިއެންސް" ހޯދައިދިނުމުގެ ގޮތުން ސޮއިކުރެވުނު އެމްއޯޔޫއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.