ފުލުހުން ރައްޔިތުންނަށް އަނިޔާ ނުކުރޭ: އަދުރޭ

ފުލުހުންނާއި ސިފައިން ރައްޔިތުންނަށް އެއްވެސް އަނިޔާއެއް ނުކުރާ ކަމަށާއި އަދި ނުވެސް ކުރާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮންމެ މީހަކަށްވެސް ގާނޫނީ އިމުން ބޭރުވީމައި ފުލުހުން ނަސޭހަތް ދިނުމަށްފަހު އެއަށް އަމަލު ނުކޮށްފި ކަމަށްވާނަމަ ގާނޫނުގައިވާ ގޮތުން އަމަލުކުރާނެ ކަމަށެވެ. ފުލުހުން އެމީހުގެ ގާނޫނީ މަސައްކަތް ކުރަމުންދާއިރު އެއަށް ހުރަސްއަޅާ ކަމަށްވާނަމަ އެކަމަށް ފުލުހުން އަޅާ ފިޔަވަޅަކީ އަނިޔާއެއް ކަމަށް ނުދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ހަމަލާއެއަގައި މީހެއްގެއަތްބިންދައިގެ ދިޔަކަމަށް ދައްކާވާހަކަވެސް އޭނާވަނީ ދޮގުކޮށްފައެވެ. އަދި ނޫސްވެރިންވެސް ފުލުހުންގެ މަސައްކަތަށް ދަތިކޮށް ގާނޫނުގެ ތެރެއިން އަމަލުކުރަމުންދާހާ ހިނދަކު އެމީހުންނަށްވެސް ގެއްލުމެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.