ޖޭޕީގެ ލީޑަރު ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ: ސަމީރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް އެޕާޓީގެ ސެކްރެޓަރީޖެނެރަލް އަހުމަދު ސަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ސަމީރު ވިދާޅުވީ ގާސިމް ދައުލަތަށް ދައްކަވަންޖެހޭ އެއްވެސް ފައިސާއެއް އޮތްކަމަށްވާނަމަ ފައިސާގެ އަދަދު ތަފްސީލާއެކު ދައުލަތުގެ ޓެކްސް އިދާއިން އާންމު ކުރުމުގެ ފުރުސަތު އެ އިދާރާއަށް އެބައޮތް ކަމަށެވެ. އެހެންނަމަވެސް ގާސިމް ދައްކަވަންޖެހޭ އެއްވެސް ޓެކްސްއެއް ނޯންނާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ސަރުކާރުންވަނީ ގާސިމާއެކު ހަދައިފައިވާ އެގްރީމެންޓްތައް ބަދަލު ކޮށްފައި ކަމަށެވެ. އެފަދަ އަމަލުތައް ކުރެއްވުމަށްފަހު ފަސާދަ ވެފައިވާ މީހުން ކަންކަން ފަސާދަ ކުރުމަށް ގާސިމަށް ނިސްބަތްކޮށް ދޮގުވާހަކަ ފެތުރުމަކީ އެއްގޮތަކަށްވެސް ގާބޫލު ކުރެވޭނޭ ކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް ގެންދަވަނީ ގާސިމް ސަރުކާރަށް ދައްކަވަންޖެހޭ ފައިސާތަކެއް އެބަހުރި ކަމަށް ވިދާޅުވެ އެފައިސާ ވީހާވެސް އަވަހަށް ދެއްކެވުމަށް ގޮވާލައިފައެވެ. ސަމީރު ވިދާޅުވީ އަބްދުއްރަހީމް އެގޮތަށް ވިދާޅުވަނީ އޭނާ ފިތިފައި ހުރިލެއް ބޮޑުކަމުން ކަމަށެވެ. އެހެންވިޔަސް އެފަދަ ހަގގަތާ ޚިލާފު ވާހަކަ ނުދެއްކެވުމަށް އޭނާ ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ ކުރިއަށްއޮތްތަނުގައި އަބްދުއްރަހީމް ހުންނަވާނެ ތަކެއްވެސް ނޭނގޭ ކަމަށެވެ. ހަމަ ގާސމް އަރިހުވެސް ހުންނަންޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.