ރައީސް ޔާމީނަކީ ކަމެއް ދިމާވާއިރަށް ހުން އަންނާނެ ބޭފުޅެއްނޫން: ދިފާއީ ވަޒީރު

ރާއްޖޭގައި މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ކަމެއް ދިމާވާއިރަށް ހުން އައިސްގެން ރަޖާ ލައްވައިގެން އުޅުއްވާނެ ބޭފުޅެއް ނޫންކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސް ޔަމީނަކީ ގައުމަށް ދިމާވާ ކިންތަންމެބޮޑު ކަމެއްގައިވެސް ވަރަށް ހިތްވަރާއި އަޒުމާއެކީ ކުރިމަތި ލައްވައި އެކަމެއް ހައްލުކުރައްވާ ބޭފުޅެއް ކަމަށެވެ.

ރާއްޖެއަށް މިހާރު ދިމާވެގެން އުޅޭ މައްސަލަތައްވެސް ވަރަށް އަވަހަށް ހައްލުކުރައްވައި ގައުމާގެން ކުރިއަށްދެވޭނެ މަގު އެމަނިކުފާނު ތަނަވަސްކޮށް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު މިއޮތް ހާލަތުގައިވެސް އަޅުގަނޑުމެންގެ ގައުމަށް ޣައްދާރުވާ މީހުން އަޅުގަނޑުމެންނަށް ފާހަގަވާނެ. އަދި އެމީހުންނަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނާއި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތީން ދެވެން އޮންނަ އަދަބެއްދޭނެ. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިންގެ ގައުމެއްގެ ގޮތުގައި މިގައުމު ކުރިއަށްދާން،" މިނިސްޓަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.