
ޕީއެންސީގެ ސަރުކާރެއްގައި ކާށިދޫގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް އަޅައިދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން ކ. ތުލުސްދުއަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އެސަރަހައްދުގައި ޑަރްގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށާއި އެ ސެންޓަރުއެޅުމަށް ނިންމާފައިވަނީ ކާށިދޫގައި ކަމަށެެވެ.
މީގެ އިތުރުން ގައުމު ތަރައްގީ ކުރުމުގައި އެއްވެސް ވަރަކަށް ފަހަތައް ޖެހިވަަޑައިނުގަންނަވާނެ ކަމަށާއި ރައްޔިތުން މި އިންތިހާބު އެއްބުރުން ކާމިޔާބު ކޮށްދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް މުއިއްިޒު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވެސް މުއިއްޒު ވަނީ މިސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެެވެ.
މުއިއްޒު ވަނީ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ބާކީ ތިން ދުވަހަކީ ރަށްޔިތުން ވަރުގަދަ މަސައްކަތެއް ކުރާނެ ދުވަސްތަކެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އިތުރަށް މުއިއްޒު ވިދާޅުވީ ގައުމު އިސްކުރުމުގައި އެއްވެސް ވަރަކަށް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި އަދި ގައުމު ސަލާމަތް ކުރަން ރައްޔިތުން އެއްބުރުން އިންތިހާބު ކާމިޔާބު ކޮށްދޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.