ކެމްޕެއިނަށް މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންފި

ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އޭނާ އެ ސިޓީއަށް ވަޑައިގަތުމުން އެ ސިޓީ އިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ގިނަބަޔަކު ވަނީ މަރުހަބާ ކިޔުމަށް ޖަމާވެފައެވެ.

މުއިއްޒުގެ އިސްތިގުބާލުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދަށް އެއްވެފައިވާ ސަޕޯޓަރުންނާ މުއިއްޒު ވަނީ ސަލާމް ކުރައްވާފައެވެ.

އައްޑޫގެ ތަރައްގީއަށްޓަކާ އެންމެ ރަނގަޅު ވިސްނުންތަކެއް ހުށަހަޅާ ބަޔަކީ ވެސް އިދިކޮޅު ދެ ޕާޓީ ކަމަށް މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އައްޑޫގެ ކުރިއެރުމަށްޓަކާ ޕީޕީއެމް-ޕީއެންސީއާ އެކީގައި ކުރިއަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އައްޑު އަށް ފެއްޓެވި ދަތުރުގެ ތެރެއިން މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފޭދުއަށެވެ. އެގޮތުން ޕީޕީއެމްގެ ފޭދޫ އޮފީހުގައި ޕާޓީގެ މެންބަރުންނާ ބައްދަލު ކުރައްވާނެއެވެ. މި ދަތުރުގެ ތެރޭގައި އައްޑޫގެ ހުރިހާ އަވަށަކަށް ވެސް ވަކިވަކިން ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަން ހަމަޖެހިފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.