އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް އެޗުއާރުއެޗުގައި ފަރުވާދޭން ފަށައިފި

އައްޑޫސިޓީ ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި ފަރުވާދޭން ފަށައިފިއެވެ.

ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވީ ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެގެން ގެނައި ދެމީހުންގެ ތެރެއިން އެކެއްގެ ބޯފަޅައިގެން ގޮސް ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާ ކަމަށެވެ. ދެވަނަމީހާއަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭނާގެވެސް ގައިގެ ބައެއް ތަންތަންވަނީ މަށައިގެންގޮސްފައި. މިވަގުތަށް ދެ މީހުންވެސް ސްޓޭބަލް. އިތުރު މައުލޫމާތު އެނގޭނީ އެކްރޭ ނަގައިގެން ބެލުމުން. އެމަސްކަތް ކުރަމުން މިހާރުދަނީ،" ނަޖީބު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިއެކްސިޑެންޓަކީ ދުއްވައިފައިދިޔަ ސައިކަލަކާއި ބައިސްކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށެވެ. ހާދިސާ ހިނގާފައިވަނީ ހިތަދޫގައި އަލަށް އިމާރާތް ކުރަމުންދާ ޕޮލިސް ޓްރެއިނިން ސްކޫލް ކައިރީގައި ކަމަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.