އެމްއެންޕީގެ ރަނިންމޭޓުގެ ގޮތުގައި ޑރ. އަދީލް ހަމަޖައްސާ އިއުލާން ކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓުގެ ގޮތުގައި ޑރ. އަހަމްދު އަދީލް ނަސީރު ހަމަޖައްސާ އިއުލާން ކޮށްފިއެވެ.

ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އެ ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމްގެ ގެ ރަނިންމެޓޫގެ ގޮތުގައި އަދީލް ހަމަޖެއްސިކަން ރަސްމީކޮށް އިއުލާން ކޮށްފައިވަނީ އެމްއެންޕީ އިން ބިލަބޮންގ ސްކޫލުގައި ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ރަނިންމޭޓު އިއުލާން ކޮށްދެއްވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ ޑރ. އަދީލަކީ ތައުލީމީ ދާއުރާގައި ފުންނާބު އުސް ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ސްކޫލް މެނޭޖްމަންޓްގެ ދާއިރާ އިން ޔުނިވާސިޓީ އޮފް މެލޭޝިއާގައި މާސްޓާސް ހައްދަވާފައެވެ. އަދި ބްރޫނާއީގައި ރައީސްގެ ހާއްސަ ސްކޮލާޝިޕެއްގެ ދަށުން ޔުނިވާސިޓީ އޮފް ދާރުއްސަލާމުގައި ޑރ. ފިލޯސަފީ އެޑިއުކޭޝަން ހާސިލް ކުރައްވާފައެވެ.

މީގެ އިތުރުން އައްޑޫ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ވެސް ކުރައްވާފައިވާއިރު، އެ ސިޓީގެ ހައި ސްކޫލާއި މެދުވަލު ސްކޫލާއި ސ. އަތޮޅު ތައުލީމީ މަރުކަޒާއި އައްޑޫ އިސްލާމިއްޔާ ސްކޫލްގައި ވެސް މަސައްކަތް ކުރައްވާފައި ވެއެވެ. އަދި އެކި އެކި ޔުނިވާސިޓީތަކުގައި ވިޒިޓިންގ ލެކްޗަރާއެއްގެ ގޮތުގައިވެސް މަަސައްކަތް ކުރައްވާފައި ވެއެވެ.

 

1 ޚިޔާލު

  1. އައްޑޫ ހައި ގައޭ??? ދުވަހަކު ކުލާހަކަށްނުވަދޭ. މުސާރަ ކައިގެން އަމިއްލަ ކަންކުގަ އުޅިނީ. މިވަރު ޙިޔާނަތްތެރިން ވެރިކަމަށް ފައިނެގީމާ ލަދުހުތުރު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.