އެންދަމަން ފީނި ފުވައްމުލަކު މީހަކު މަރުވެއްޖެ

ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ފަރުބޭރަސް އެންދަމަން ފީނި ޒުވާނަކު މަރުވެއްޖެއެވެ.

މިއަދު ހެނދުނު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ފުވައްމުލަކު ސިޓީ ދިގުވާނޑު، ލްވްލީ ގާޑަން، އިބްރާހީމް ޝަރީފް (ބަހޯ) އެވެ. އޭނާގެ އުމުރަކީ 32 އަހަރެވެ.

އޭނާ މަހަށްދަނީ ފަރެސްމާތޮޑާގައި ދުއްވާ ފުވައްމުލަކު މަސް ދޯންޏެއް ކަމަށްވާ "ލޭޒާ 4" އިންނެވެ. އޭނާ މަރުވެފައިވަނީ ފީނަން ބޭނުންކުރި ފުޅިން އޮކްސިޖަން ހުސްވެގެން ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ. އޭނާ އަޑީގައި އޮވެފައި މައްޗަށްއެރިއިރުވެސް މަރުވެފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ.

އެ ހާދިސާއަށްފަހު އޭނާ ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ގެންދިޔައިރުވެސްވަނީ މަރުވެފައި ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ. އޭނާއަކީ ޑައިވިން ކުރުމުގެ އެއްވެސްކަހަލަ ހުއްދައެއް ނުވަތަ ލައިސަންސެއް އޮންނަ މީހެއް ނޫނެވެ.

ޝަރީފަކީ ފަރެސްމާތޮޑާ މީހަކާ އިނދެގެން އުޅުނު މީހެކެވެ. އޭނާއަށްވަނީ ދެކުދިންވެސް ލިބިފައެވެ. އެހެންނަމަވެސް އޭނާ މަރުވީ އަންހެނުން ވަރިކޮށްފައި ހުއްޓައި ކަމަށްވެސް މައުލޫމާތި ލިބިފައިވެއެވެ.

އެދޯނި މިހާރުވަނީ ޝަރީފް ގޮވައިގެން ފުވައްމުލަކު ސިޓީއަށް ގޮސްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.