ބްލޫ ރިބަން: އިނގިރޭސިބަހުގައި އޮންނަ އެންމެ ދިގުބަސް

PNEUMONOULTRAMICROSCOPICSILICOVOLCANOCONIOSIS

" ނިއުމޭނަލްޓްރާމައިކްރޯސްކޯޕިކްސިލިކޯވޮލްކެނޮކޮނިއޯސިސް " މިބަހަކީ ، އިނގިރޭސި ބަހުގައި އޮންނަ ދިގު ބަހެވެ. މިބަހަކީ ، ވަރަށް ހިމުން އަޅިއާއި ވެލީގެ ހިރަފުސް ، އިންސާނާގެ ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑުގެ ތެރެޔަށް ގޮސް ، ފުރަމޭގެ މަތީ ދުލިފަށޫގައި ތަތްލައިގެން ، ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ، ނޭވާލާން އުނދަގޫވާނެއެވެ.

ދިވެހިރާއްޖޭގެ ރަށްފުށުގައި ހަވީރު ނުވަތަ ހެނދުނު އަންހެންވެރިން ނުކުމެ މަގުކުނިކަހާއިރު ، އަރާފައި އެއޮންނަ ބޯހިރަފުހަކީ ، އެފަދަ އެއްޗަކަށް ވެދާނެއެވެ. މިފަދަ ހިރަފުހުން އުފެދޭ ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ، ލޮލާއި ނޭފަތް ، ކަރުތެރެ ހިރުވުން އަދި މެޔަށް ތަދުވުން ހިމެނެއެވެ. ނޭވާ ހިއްލުމުގެ ބަލިތައް އުފެދޭނެއެވެ. މެޔަށް ތަދުވެ ، މެއިން ލޭ އަތުވެދާނެއެވެ.

މިފަދަ ހިރަފުސް ގިނަފަހަރަށް އުފެދިފައި ހުންނަކަމަށް ބުނަނީ ފަރުބަދަތައް ގޮވީމާ އަރާ ބޯ ދުމުގައެވެ. މިކަމުގެ ސައިންޓިފިކް ހެއްކެއް ފެންނާކަށް ނެތެވެ. ބޯޓުދެލި އަންދައިގެން ކަރަންޓް އުފައްދާ އިންޖީނުގެތަކުން އަރާ ބޯދުމުގައި ހުންނަނީ ވިހަ މާއްދާތަކެކެވެ. އޭގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި  ، ސްލަފަރ ޑިއޮކްސައިޑް ( އެސްއޯ 2 ) އާއި ނައިޓްރޯޖަން އޮކްސައިޑް ( އެންއޯ އެކްސް ) އަދި ، ކާރބަންޑިއޮކްސައިޑް ( ސީއޯ 2 ) ހިމެނެއެވެ. މިއީވެސް ، ފުރަމޭގެ ބަލިތައް ޖައްސާ ވިހައެވެ. އެންއޯ އެކްސް އަކީ ވައިރަސް ފޯރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އެސްއޯ 2 އެއީ ލޯ ހަލާކުވާ އަދި ހަމުގެ ބަލިތައް ޖައްސާ ވިހަ މާއްދައެކެވެ. އެއީ ތާފާތު ދުމެކެވެ.

އިނގިރޭސިބަހުގައި އޮންނަ އެންމެ ދިގު ބަސް ، " ނިއުމޭނަލްޓްރާމައިކްރޯސްކޯޕިކްސިލިކޯވޮލްކެނޮކޮނިއޯސިސް " އުފެދުނީ 1939 ގައެވެ. މިބަހަށް ކުރުކޮށް ކިޔަނީ 45 ޕީ އެވެ. މިބަހުގެ އަޞްލަކީ ގްރީކް ބަހެވެ. އިނގިރޭސިވިލާތުގައި ، މިކަމުން ޖެހޭބައްޔަށް ކުރުކޮށް ކިޔަނީ " ކަޅުމޭ " އެވެ.

23 ފެބްރުއަރީ 1935 ގައި ނުކުތް " ނިއުޔޯކް ހެރަލްޑް ޓްރައިބިއުނަލް " ގައި ޝާއިޢުކޮށްފައިވާ އެބަސް ރަމްޒުކޮށްދޭ ލިޔުމެއް

" ނިއުމޭނަލްޓްރާމައިކްރޯސްކޯޕިކްސިލިކޯވޮލްކެނޮކޮނިއޯސިސް " މިބަސް އުފެއްދީ ، އެމެރިކާގެ ނެޝަނަލް ޕަޒްލާރސް ލީގުގެ ރައީސް މރ. އެވަރެޓް އެމް ސުމިތެވެ. މިބަސް އެންމެ ފުރަތަމަ ތަޢާރުފް ކުރެވުނީ ، ނިއުޔޯކްގައި ނެރެވުނު ނޫހެއްކަމުގައިވާ ހެރަލްޑް ޓްރައިބިއުނަލުގައެވެ. އެ ނޫހުގެ 23 ފެބްރުއަރީ 1935 ގައި ނުކުތް ޢަދަދުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.