ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ހައްޔަރުކޮށް ޖަލަށްލުމުން ދެރާވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅިވެއްޖެއެވެ.
ޕީއެސްއެމްއިން ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް މައުމޫން ހައްޔަރު ކުރެއްވުމުން ދެރަވިޔަސް އެމަނިކުފާނުގެ ހަގީގަތް ރައްޔިތުންނަށް އެނގުނީތީ އުފާކުރައްވާ ކަމަށެވެ.
"ރައީސް މައުމޫން ހައްޔަރު ކުރުމުން ބައެއްމީހުން ބުނި މޫސަ ވަރަށް އުފާވޭދޯއޭ އެމަނިކުފާނު ހައްޔަރު ކުރުމުން. އަޅުގަނޑު ދެންނެވިން އުފާކުރާކަމެއް ނޫނޭއެއީ. ރައީސް މައުމޫން ޖަލަށްލުމަކީ އެކަމާ އަޅުގަނޑު ދެރަވެ ހިތާމަކުރާކަމެއް. އެކަމަކު ރާއްޖެއާއި ގައުމަށްޓަކައި ރައީސް މައުމޫންގެ ހަގީގަތް ރައްޔިތުންނަށް އެނގުމުން އަޅުގަނޑު އުފާކުރަން،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ރައީސް މައުމޫން ހައްޔަރު ކުރެއްވީ ބަޣާވާތެއް ގެންނަވަން އުޅުއްވުމުން ކަމަށެވެ. މިފަހަރުގެ ބަޣާވާތަކީ އެމަނިކުފާނު ރާއްޖެއަށް ގެންނަވަން އުޅުއްވި ހަތަރުވަނަ ބަޣާވާތް ކަމަށްވެސް މޫސަ ވިދާޅުވިއެވެ. އެފަދަކަމެއް އެމަނިކުފާނު ފުރަތަމަ ކުރައްވަން އުޅުއްވީ މިސްރުގައި ކިޔަވައި ވިދާޅުވާން ހުންނެވި ދުވަސްވަރު ކަމަށް މޫސަ ވިދާޅުވިއެވެ. އެފަހުން ކުޑަ ބުރާސްފައްޗާއި، ބޮޑު ބުރާސްފަތީގައިވެސް ރައީސް މައުމޫން ބައިވެރިވެ ވަޑައިގެންނެވި ކަމަށް މޫސަ ވިދާޅުވިއެވެ.
manukuraanun gabooleh. moya nugovaa. ufalun nunidhey bihaaru