މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ގޯއްޗާއި ފްލެޓް ދޭނެ ކަމަށާއި އެކަން ކުރާނީ ލިޔުމަކުން ނޫން ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އާޒިމް ކުރެއްވި ސުވާލަކީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި، ގޯތި ދިނުމަށް ނިންމާފައިވާ ނިންމުމާއި އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ އެވެ.
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ފްލެޓްތަކުގެ ތެރޭގައި ބައެއް ފްލެޓްތައް ސީދާ ވަންނަ މިންވަރަށް ނުނިމި ހުރެދާނެ ކަމަށާއި އެހެންނަމަވެސް ބޮޑުބައި ހުންނާނީ ނިމިފައި ކަމަށެވެ. އަދި އެއްބައި ފްލެޓްތައް އެކީގައި ނިމޭނެ ކަމަށެވެ.
" އަޅުގަނޑު ނެތިން ދަންނަވާކަށް އަޅުގަނޑު އުންމީދުކުރި ހުރިހާއެއްޗެއް 100 ޕަސެންޓް ނިމޭނެކަމަށް. ދެން އޮންގޮއިން މަސައްކަތްތައްވެސް އޭގައި ހުންނާނެ ދައުރު ނިމިގެންދާއިރު." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިސަރުކާރުން ލިޔުމާއެކު ފްލެޓުގެ ހައްގުވެރިންނަށް ލިބޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ރައީސް ސާލިހުގެ މި ދައުރު ނިމުމުގެކުރިން ގޯއްޗާއި ފްލެޓް ދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
Vaki bayakah goathi dhinumakee verin ge nubai nulafaa Kan. Naa in saaf aai nahamaKan. Badhal hithivaane,II InshaAllaah. A.