ޑެންގޫ ކޭސްތައް އެބަފެނޭ، ސަމާލުވުން ރަނގަޅު:އެޗުއާރުއެޗު

މިދުވަސްވަރު އައްޑޫސިޓީން ޑެންގޫ ކޭސްތައް މަދުންނަމަވެސް ފެންނަމުންދާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން ވިދާޅުވެއްޖެއެވެ.

ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ ޑެންގޫ ކޭސްތައް ކަންބޮޑުވާ ވަރަށް ނުފެންނަ ކަމަށެވެ. "އެހެންނަމަވެސް މަދުމަދުން ޑެންގޫ ކޭސްތައް އެބަ ރިޕޯޓުކުރޭ،" އޭނާ ވިދާޅުވިއެވެ. ނަޖީބު ވިދާޅުވީ އަދި ކަންބޮޑުވެސް ސީރިއަސް ނުވިޔަސް މިހާރުން ފެށިގެން މިކަމަށް ސަލާމަތީ ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޑެންގޫއަކީ މަދިރީގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެހެންވީމާ އެބަލިން ސަލާމަތްވުމަށް މަދިރިން ރައްކާތެރިވާން އެބަޖެހެއެވެ. މަދިރިން ރައްކާތެރިވުމަށްޓަކައި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވައިކުރުން، މަދިރިގެ ބޭނުންކުރުން، މަދިރި ވަދެފާނެ ދިމަދިމާގައި މަދިރި ދައު ޖެހުން، ހެނދުނާއި ހަވީރު ނުވަތަ މަދިރި ހަފާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލެއްޕުން، މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.

މަދިރިން ސަލާމަތްވުމަށްޓަކައި ގޯތިތެރޭގައި ހުންނަ ފެންހަރުލާފަދަ ތަކެތި (ހުސް ދަޅާއި ފުޅި، ނާށި ، ޓަޔަރު ފަދަ ތަކެތި) ނައްތާލުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.