އެސްޓީއޯ ގެ އެމްޑީގެ މަގާމުން އަމްރު ވަކިކޮށްފި

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން އަމްރު މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުގެ އެންގެވުމަކަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން (ޕީސީބީ) އިން އެކަން އެގޮތަށް މިހާރުވަނީ ނިންމާފަ އެވެ.

އަމްރު، ވަކިކުރުމަށް ފަހު، އެސްޓީއޯ ހިންގުން ވަގުތޫގޮތުން ހަވާލުކޮށްފައިވަނީ ޗީފް ފައިނޭޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ އެވެ.

ސަރުކާރުން ޕީސީބީ އަށް ފޮނުވާފައި ވަނީ އަމްރު އެސްޓީއޯގައި އަދާކުރައްވަމުން ގެންދަވާ މެނޭޖިންގ ޑިރެކްޓަރުކަމުގެ އިތުރުން ބޯޑު ޑިރެކްޓަރު ކަމުންނާއި ސީއީއޯ ކަމުން ވެސް ވަކިކޮށް ދިނުމަށް އެދިއެވެ.

އެކަން އެގޮތަށް ނިންމުމަށް ފާސްކޮށްފައިވާއިރު، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރަކު އައްޔަންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އަމްރު ވަކިކޮށްފައިވާއިރު ރައީސް އޮފީހުން ބުނެފައިވަނީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގާމުތަކަށް ބަދަލު ގެންނަ ކަމަށާއި އެގޮތުގެ މަތިން އަމްރު ވަކި ކުރަން ނިންމީ ކަމަށެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.