
ރާއްޖޭގައި ޒަކާތް ދައްކަނީ އެ ކަން ކުރަން ބޭނުންވާ މީހުން އަމިއްލައަށް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ޒަކާތްދެއްކުން އޮންނަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ކަމަށެވެ.
ގަދަކަމުން މުދަލުގެ ޒަކާތް ނެގޭ އުސޫލެއް ރާއްޖޭގައި ނޯންނަކަމަށާއި އެހެން ނަމަވެސް މުދަލު ޒަކާތް ނެގުމުގެ ކަންތައް މިހާރަށް ވުރެ ހަރުދަނާ ކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރ އޭނާ ވިދާޅުވި އެވެ.
އެގޮތުން މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށާއި ވަރަށް އަވަހަށް އެބިލު މަޖިލީހަށް ހުށަހަޅާނެ ކަމަަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ