
ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ބުރާސްފަތިދުވަހުގެރޭ ސްޕްރީމްކޯޓުން ނެރުނު އަމުރު އެކޯޓުން މިރޭ ބާތީލް ކުރައްވައިފިއެވެ.
އެއަމުރު ބާތިލް ކުރެއްވުމުން ސަރުކާރުންވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. ސްޕްރީމްކޯޓުން ނެރެފައިވާ އަމުރުގައިވާ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާ ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ އެއްވެސް ބާރެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާކަމަށްއޮތްބައިވެސް މިރޭވަނީ ބާތިލް ކުރައްވައިފައެވެ.
ސްޕްރީމްކޯޓުން އެއަމަރު ބާތިލް ކުރެއްވިއިރު އެކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުވަނީ ފުލުހުންގެ ބެއްލެވުމުގެ ދަށުން ގާމާދުއަށް ގެންގޮސްފައެވެ.