
މިއަހަރު އިތުރު ފުރުސަތުތަކެއް ތަނަވަސްވެ، ފަހި ގޮތްތަކެއް މެދުވެރިވާނެކަމުގެ އުންމީދު އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
މީލާދީ އާއަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ކުރެއްވި ޓުވީޓެއްގައި ރައީސް ސާލިހު ވިދާޅުވީ ނިމިގެންދިޔަ 2022 ވަނަ އަހަރަކީ ދިމާވި އެކި ގޮންޖެހުންތަކާއެކުވެސް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވުނު އަހަރެއް ކަމުގައެވެ.
މީލާދީ އައު އަހަރުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަންފުޅުގައި ދިވެހި ރައްޔިތުންނަށް ފޮނުވައި ކުރެއްވި ޓުވީޓުގައި ވަނީ މިފެށުނު އައު އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއް ކަމުގައިވުމަށް އެދިވަޑައިގެންފައެވެ.
އެމަނިކުފާނު ވަނީ މިފެށުނު އަހަރަކީ ހުރިހާ ރައްޔިތުންނަށް ހެޔޮ ސިއްހަތާއި ކުރިއެރުން ލިބިގެންދާނެ އަހަރަކަށް ވުމަށް ވެސް އެދިވަޑައިގެންފައެވެ.
ރައީސް ސާލިހު އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މިވަގުތު ތިއްބެވީ، ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާގަ އެވެ.