
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހު މީޑިއާތަކާ ބައްދަލުކުރައްވާނީ މިއަދު ހަވީރު 4:30 ގައި ކަމަށެވެ.
ރައީސް ސޯލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ މިއަހަރު ޖޫން މަހުގެ އަށްވަނަ ދުވަހު އެވެ.
އެހެންކަމުން މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކީ 200 ދުވަހަށްފަހު އެ މަނިކުފާނު ބާއްވަވާ ފުރަތަމަ އެފަދަ ބައްދަލުވުމެވެ.
އެމަނިކުފާނު މީޑިއާތަކާއި ބައްދަލުނުކުރައްވައި މިހާ ގިނަ ދުވަސްވުމުން، ބައެއް މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.