
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މ. ކޮޅުފުއްޓަށް ވަޑައިގަންނަވާނެކަން ހާމަކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސާލިހުގެ މި ދަތުރުފުޅަކީ މިއަދުފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މ. ކޮޅުފުއްޓަށް ވަޑައިގަންނަވާނެ.
— Miuvaan Mohamed (@MvSpokesperson) December 26, 2022
ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ނެވެ.
އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ސަރުކާރުން ނިންމާފައިވަނީ މ. ކޮޅުފުށީ، މ. އަތޮޅު މަދަރުސާގައި މިއަދު ހެނދުނު 10:30 ގައެވެ.