އެމްޑީޕީގެ މަތި އިތުރު ޕްރޮވިންސްގެ ރައީސްގެ މަގާމަށް އަކްރަމް އިންތިޚާބު ކޮށްފި

އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް ކަމުގެ މަގާމަށް އަކްރަމް ކަމާލުއްދީން އިންތިޚާބުކޮށްފި އެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރައްވާ އަކްރަމް އެ މަގާމަށް އިންތިޚާބުކޮށްފައިވަނީ މިއަދު ބޭއްވި އިންތިޚާބުގައި 2،988 ވޯޓުން ނެވެ.

މިއަދުގެ އިންތިޚާބުގައި 4129 މީހުން ވޯޓުލާފައިވާ އިރު، މިއީ ވޯޓުލީ މީހުންގެ 71 ޕަސެންޓެވެ. އޭނާ އާ އެންމެގާތުން ވާދަކުރެއްވި އާދިލަށް 850 ވޯޓު ލިބުނުއިރު، ހާޝިމަށް ލިބުނީ 291 ވޯޓެވެ.

އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލީ އަކްރަމާއި ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމް (ޓިންޓިން) އަދި ހެލްތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ.

އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ މަގާމު ހުސްވީ، އެ މަގާމަށް ކުރިން އިންތިޚާބު ކުރި އިބްރާހީމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާރސަންގެ މަގާމަށް އިންތިޚާބުވުމުން ނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.