އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް 3 ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި - އެއްވަނައަށް 4ކޭ ސްމާޓް ޓީވީއެއް!

އުރީދޫ ނޭޝަން އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފީފާ މުބާރާތަށް އޮންލައިން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓްގައި ރެޖިސްޓަރ ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 15 ޑިސެމްބަރ 2022 ގެ ކުރިން http://ore.do/fifa23 މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ އެވެ.

16 ޑިސެމްބަރ 2022 ގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިންގް ފުވައްމުލައް އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން މާލެ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނޭ ހަތަރު ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

ރަޖިސްޓްރީކޮށްފައިވާ ބައިވެރިން މުބާރާތުގެ ގްރޫޕް ސްޓޭޖާއި ނޮކްއައުޓް ސްޓޭޖާއި ސެމީ ފައިނަލް އަދި ފައިނަލް ހިމެނޭ ގޮތަށް 4 މަރުހަލާއެއްގައި ވާދަކުރާއިރު، އީއޭ ފީފާ އޮންލައިން މުބާރާތްތަކުގެ ރަސްމީ ގައިޑްލައިންތަކާ އެއްގޮތަށް ބައިވެރިން އަމަލުކުރަން ޖެހެއެވެ.

1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާ ބައިވެރިންނަށް އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް ގެ ގިފްޓް ޕާޓްނަރު ރެޑްވޭވްއިން އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ. އިނާމުތަކުގެ ތެރޭގައި ހިމެނެނީ

  • 1 ވަނައަށް ދާ ފަރާތަށް ނިކާއީ 65" ސްމާޓް ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީ
  • 2 ވަނަ އަށްް ދާ ފަރާތަށް ގޭމިން ކިޓް (ކީބޯޑް، މައުސް، ހެޑްފޯން އަދި މައުސް ޕެޑް)
  • 3 ވަނަ އަށްް ދާ ފަރާތަށް ހައިސެންސް ބާ އެޗްއެސް201-60 2.0 ޗެނަލް ސައުންޑްބާ

އުރީދޫ ނޭޝަން ފީފާ މުބާރާތަކީ ގޭމް ކުޅޭ ފަރާތްތަކަށް ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެ ކުންފުނީގެ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން މި މަހުގެ ކުރީކޮޅު އިއުލާނުކުރި މުބާރާތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.