ވޯލްޑް ކަޕް 2022: ޕޯޗުގަލް އާއި ކޮރެއާ ދެވަނަ ބުރަށް، އުރުގުއޭ ކަޓައިފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗް ގައި މިރޭ ޕޯޗުގަލް ބަލިކޮށް ދެކުނު ކޮރެއާ ދެވަނަބުރަށް ދިޔައިރު، އުރުގުއޭ ކަޓައިފިއެވެ.

ދެކުނު ކޮރެއާ ޕޯޗުގަލް ބަލިކުރީ ފަހު ވަހުވަގުތު ލީ ޗެން ޖަހައިދިން ލަނޑުން 1-2 އިންނެވެ. އަދި މި މެޗުން މޮޅުވެ ކޮރެއާ ދެވަނަ ބުރު ޔަގީން ކުރީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަބުރުން ފުރުސަތު ހޯދީ ކޮރެއާ އަތުން ބަލިވި ޕޯޗުގަލް އިންނެވެ.

މިރޭ މި ގްރޫޕްގައި އުރުގުއޭ ކުޅުނު މެޗުން 2-0 ގެ ނަތީޖާއިން އެ ޓީމުން ގާނާ ބަލިކުރިއިރު، އުރުގުއޭ އާއި ސައުތު ކޮރެއާ އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައެވެ. ޕޮއިންޓްގެ ގޮތުން އެއްވަރުވުމުން ދެން ބެލީ ލަނޑަށެވެ. ލަނޑުގެ ތަފާތަށް ބެލިއިރު ވެސް އަދި ހެޑް-ޓު-ހެޑް ނަތީޖާއަށް ބެލިއިރުވެސް ދެ ޓީމު އެއްވަރުވުމުން ދެން ބެލީ ދެ ޓީމުން ޖަހާފައިވާ ލަނޑުގެ އަދަދަށެވެ. ޖަހާފައިވާ ލަނޑުގެ އަދަދަށް ބަލާއިރު ކުރި ލިބެނީ ކޮރެއާއަށެވެ.

މިރޭ ޕޯޗުގަލް އަދި ކޮރެއާ މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ޕޯޗުގަލް އިންނެވެ. މެޗުގެ 5 ވަނަ މިނިޓުގައި ޕޯޗުގަލްއިން ލަނޑު ޖަހާ ލީޑު ނެގިއެވެ. މި ލަނޑު ކާމިޔާބު ކުރީ ހޯޓާއެވެ. ކޮރެއާއިން ނަތިޖާ ހަމަހަމަ ކުރީ މެޗުގެ 27 ވަނަ މިނެޓުގައި ކިމް ޔަންގް ޖަހައިދިން ލަނޑުންނެވެ.

ގާނާއާ އަދި އުރުގުއޭ މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ އުރުގުއޭއިންނެވެ. އެގޮތުން އުރުގުއޭއިން މެޗުގެ 26 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނެގިއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު 32 ވަނަ މިނިޓުގައި ޖަހާ ލީޑު ފުޅާކުރިއެވެ. އުރުގުއޭއަށް މި ދެ ލަނޑުވެސް ޖަހައިދިނީ އަރަސްކޭޓާއެވެ.

ދެވަނަ ބުރުގައި ޕޯޗުގަލް ވާދަކުރަން ޖެހޭނީ ގްރޫޕް ޖީ ގެ ދެ ވަނަ ހޯދާ ޓީމަކާއެވެ. ސައުތު ކޮރެއާ ވާދަކުރަން ޖެހޭނީ ގްރޫޕް ޖީ ގެ އެއްވަނަ ހޯދާ ޓީމަކާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.